ޕޮލިސް އެކަޑަމީން ހިންގި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނާއި ރަސްމިއްޔާތުގައި ބައިވެރިވި އިސް ބޭފުޅުން -- ފޮޓޯ: ޕޮލިސްޕޮލިސް އެކަޑަމީން ހިންގި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރަކަށް ކޮމިޝަނާ ލިޔުން ހަވާލުކުރަނީ -- ފޮޓޯ: ޕޮލިސް

ވާނީގައި ތަމްރީންވި ފުލުހުންނަށް އެވޯޑް ދީފި

ޕޮލިސް އެކަޑަމީން ހިންގި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ޕާސިން އައުޓް ޕެރޭޑް ބާއްވައިފި އެވެ.

ޕޮލިސް ޓްރެއިނިންގ ސްކޫލް، ދ. ވާނީގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދިދީ އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި، ޕީޕަލްސް ޑައިރެކްޓްރޭޓް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި، ކޯހުގައި ކިޔަވައިދެއްވި ބޭފުޅުން ވެސް ބައިވެރިވި އެވެ.

ކޯހުން އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ދެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދާއި މިނިސްޓަރު އިމްރާންގެ އިތުރުން ސީޕީ މުހައްމަދު ހަމީދު އެވެ.

ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ރެކްރޫޓް މުހައްމަދު އިރުޝާދު އެވެ. އެ ދަރިވަރަށް، ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ހަވާލުކޮށްފައިވެ އެވެ. އެ އެވޯޑް ހަވާލުކޮށްދެއްވީ ސީޕީ ހަމީދު އެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން ވެސް އެއްވަނަ ދަރިވަރަކަށް ހޮވުނީ މުހައްމަދު އިރުޝާދު އެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ރެކްރޫޓް ހަސަން ޝާނީޒް އެވެ.

ސްކޮޑްތަކުގެ ވަނަތަކަށް ބަލާއިރު، އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު އިރުޝާދު ހޮވުނުއިރު ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ރެކްރޫޓް ހަސަން އިބާދުﷲ އެވެ. ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ރެކްރޫޓް އިބްރާހީމް ފަޒީލް އެވެ. އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އާނެއްލާ ސްކޮޑެވެ.

ތެއްތިރީސް ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް 58 ބައިވެރިން ފުރިހަމަކޮށް ދަސްވެނިވެފައިވެ އެވެ. މިރަސްމިއްޔާތު ނިންމާލީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!