ހުޅުމާލޭގައި ހަދާފައިވާ އެމްއެންޑީއެފްގެ ކަލާސީނު ކޮށި ހުޅުވުން -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކަލާސީނު ކޮށި ހުޅުވައިފި

ހުޅުމާލޭގައި ހަދާފައިވާ އެމްއެންޑީއެފްގެ ކަލާސީނު ކޮށި މިއަދު ހުޅުވައިފި އެވެ.

އެމްއެންޑީއެފްގެ ކަލާސީނު ކޮށި ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. ކަލާސީނު ކޮށި ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު މާރިޔާ ވަނީ އެ ކޮށީގައި ހިމެނޭ ބޭސް/ޔުނިޓް އަދި ސެންޓަރުތައް ހުޅުވައިދެއްވާފައެވެ.

އެގޮތުން ކަލާސީން ކޮށީގައި ހިމެނޭ މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް އާއި ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސްގެ ބޯޓް އޮޕަރޭޝަން ސެންޓަރާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަދި ކޯސްޓްގާޑް ޑައިވިން ޔުނިޓް ވަނީ ހުޅުވައިދެއްވާފައެވެ.

ހުޅުމާލޭގައި ހަދާފައިވާ އެމްއެންޑީއެފްގެ ކަލާސީނު ކޮށި ހުޅުވިގެން ދިއުމާއެކު ހުޅުމާލޭގައި ސިފައިންގެ ހިދުމަތްތައް ވަަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާލޭގައި ހުންނަ ސިފައިންގެ މައި މަރުކަޒަކީ ބަންޑާރަ ކޮށްޓެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!