ދަންޖެހިގެން މަރުވި ކަމަށް ބުނާ ނަރުސް ކުއްޖާ

ނަރުސްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ މޭރީގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފިލިޕީންސްއަށް ފޮނުވާފައިވާ ކަމަށެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ.

އަދި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ.

މި ހާދިސާއަށްފަހު މޭރީގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!