އިގްބާލު ދުވަސް ރާއްޖޭގައި ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު

އިގްބާލު ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ފާއިތުވި 100 އަހަރުގެ ތެރޭގައި އިސްލާމީ ދުނިޔެ ދުށް އެންމެ މޮޅު އެއް ޅެންވެރިޔާ އަދި ޕާކިސްތާނު އުފެއްދުމުގެ އެއް މޭސްތިރިޔާ މުހައްމަދު އިގްބާލުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަކުރާ “އިގްބާލު ދުވަސް” ރާއްޖޭގައި ފާހަގަ ކޮށްފި އެެވެ

އިގުބާލު ދުވަސްގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. އިގުބާލު ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ސްކޫލުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އިގްބާލުގެ ހަނދާންތައް އަޅުގަނޑުމެންނާ ވަކިވުމެއް ނެތް ކަމަަށެވެ.

ޕާކިސްތާނު ވުޖޫދަށް ގެނައުމުގައި އައްލާމާ އިގްބާލު އުޅުއްވި ނަމަވެސް ޕާކިސްތާނު އުފެދުމުގެ ކުރިން 1932 ވަަނަ އަހަރު ވަނީ އަވަހާރަވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!