ބީއެމްއެލް އިން ބޭއްވި "ސްޓާފް ޗެރިޓީ ރަން" ގެ ތެރެއިން -- ފޮޓޯ: ބީއެމްއެލްބީއެމްއެލް އިން ބޭއްވި "ސްޓާފް ޗެރިޓީ ރަން" ގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ “ސްޓާފް ޗެރިޓީ ރަން” ބާއްވައިފި

ބެންކެ އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ “ސްޓާފް ޗެރިޓީ ރަން” ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ދުވުމަކީ މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ކޮންމެ އަހަރަކު ބާއްވާ ދުވުމެއް ކަމަށެވެ. ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

މި ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި އެހީގައި ޑެފް އެސޯސިއޭޝަންއިން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު، ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ “ސްޓާފް ޗެރިޓީ ރަން” އަލުން ފަށާ، މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކުގެ މުވައްޒަފުން އިސްވެ ކުރިއަށް ގެންދާ މި ދުވުމަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!