މާލެ މަގުމަތިގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް

ފުލުހެއްގެ މޭމަތީގައި ޖެހި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

ފުލުހެއްގެ މޭމަތީގައި ޖެހި މީހަކު އެއް މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ލ. ކަލައިދޫ / އުނިމާގެ، ހަސަން ޒިޔާދުގެ މައްޗަށެވެ. ޒިޔާދު އެއް މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އޭނާގެ މައްޗަށް ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް އަހުމަދު ފާރިޝް ހުޅުމާލެ ޕޮލިސް ގަރާޖު ކައިރީގައި ހުއްޓައި، ޒިޔާދު އޭނާގެ ކަނާއަތު ފައިން ފާރިޝްގެ މޭމަތީގައި ޖަހާފައި ވާއިރު އޭގެ ސަބަބުން ފާރިޝްއަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 1:30 ހާއިރުއެވެ. ޒިޔާދު ވަނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ އަށް ޖަވާބުދާރީ ވަމުން ދައުވާ އަށް އިއުތިރާފް ކޮށްފައެވެ. އަނިޔާއެއް ދިނުމުގެ ކުށުން ޒިޔާދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއް މަހާއި 20 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދުއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!