އެޕަލް ކުންފުނީގެ ސީއީއޯ، ޓިމް ކުކް: ކްރިޕްޓޮކަރަންސީގެ ބޭނުމެއް އަދި ނުޖެހޭ

އެޕަލުން ކްރިޕްޓޮކަރަންސީ ގަބޫލުނުކުރާނެ: ޓިމް ކުކް

އެޕަލްގެ އުފެއްދުންތައް ގަނެ ވިއްކަން ބޭނުން ކުރެވޭ ފައިސާއެއްގެ ދަރަޖަ ކްރިޕްޓޯކަރަންސީއަށް ނުދޭނެ ކަމަށް ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެޕަލުން ކްރިޕްޓޯ ގަނެ އަދި އިންވެސްޓް ނުކުރާނެ ކަމަށެވެ.

ޓީމް ކުކް ވިދާޅުވި ގޮތުގައި މާލީ މުއާމަލާތްތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރެވެން ޖެހޭ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އަދި ކްރިޕްޓޮ ގެންގުޅުއްވާ ކަމަށް ވެސް ވިދާުވި އެވެ. އޭނާ ވިދާޅުވީ އެހެނެއް ކަމަކު، އެޕަލްގެ ވިޔަފާރި ތެރެއަށް ކްރިޕްޓޮ އަދި ނުވައްދާނެ ކަމަށެވެ.

ކްރިޕްޓޮކަރަންސިއާ ބެހޭ ދިރާސާތަކުގައި އެޕަލް ބައިވެެރިވާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ. މާލީ މުއާމަލާތްތައް ހިންގާ ބެލެހެއްޓުމަށް މަރުކަޒީ އިދާރާއެއް ނެތި ކްރިޓޮ ބޭނުންކުރުން އެޕަލްއަށް ދަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާާޅުވީ ކްރިިޕްޓޮ ކަރަންސީއާ ނުލައި އަދި އެޕަލް ހިންގެން އެބަ އޮތް ކަމަށެވެ.

ކުކް ވިދާޅުވި ގޮތުގައި މަރުކަޒީ އިދާރާއެއްގެ ތެރެއިން ކްރިޕްޓޮކަރަންސީއަށް ހައިސިއްޔަތެއް ލިބިގެން އަންނަ ދުވަހެއްގައި ބަލައިގަންނަން ފަސޭހަވާނެ ކަމަށާއި އެޕަލުން ހިންގާ ފައިސާގެ މުއާމަލާތްތައް އެނގޭ ބަޔަކު ތިބުމަކީ އެދެވޭ ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!