ދެ ކިޑްނީ ފެއިލްވެފައިވާ އަންސަރާ އަހުމަދު -- ފޮޓޯ/ ޓްވިޓާ

އާސަންދައިގެ ތެރެއިން އަންސަރާގެ ބޭސްފަރުވާ ކަވަރޭޖް ދެމުން އެބަދޭ: އާސަންދަ

ދެ ކިޑްނީ ފެއިލްވެފައިވާ އަންސަރާ އަހުމަދުގެ ބޭސްފަރުވާއަށް އާސަންދައިން ހަރަދު ކުރަމުންދާ ކަމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. އާސަންދައިން މިއަދު ބުނީ، އާސަންދަ ސްކީމުގެ އުސޫލުތަކުގެ ތެރެއިން އަންސަރާއަށް ބޭސްފަރުވާ ދެމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އޭނާއަށް އެ ހިދުމަތް ދޭނެ ކަމަށް ޔަގީން ކޮށްދޭ ކަމަށެވެ. މީގެ އިތުރުން އަންސަރާއަށް ޑޯނަރެއް ހަމަޖެހުމުން، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިއަކާއެކު ރާއްޖެއިން ބޭރަށް ދިއުމަށް ދެކޮޅު ޓިކެޓާއި މެޑިކަލް ހަރަދުތައް، އޮންނަ އުސޫލުގެ ދަށުން ހަމަޖައްސައި ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކިޑްނީ ފެއިލްވުން ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް، އެންސްޕާ މެދުވެރިކޮށް އެހީތެރިކަމަށް އެދުމުން، އެހީ ފޯރުކޮށްދޭނެކަން އާސަންދައިން ފާހަގަކުރިއެވެ. އައްޑޫއަށް ނިސްބަތްވާ އަންސަރާއަކީ ދެ ކިޑްނީ ފެއިލްވެ، އެކަމަށް ބޭސްކުރަމުންދާ މީހެކެވެ. އަދި އޭނާ ކިޑްނީ ބައްޔަށް ފަރުވާ ހޯދާތާ ތިން އަހަރުވެފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން އޭނާއަށް އެހީ ނުލިބޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!