މަލާލާ އެންގޭޖްވި ހަފްލާގެ ތެރެއިން --

ކައިވެންޏާ ދެކޮޅު، މަލާލާ އެންގޭޖް ވެއްޖެ

އަންހެން ކުދިންގެ ތައުލީމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ޕާކިސްތާނަށް އުފަން މަލާލާ ޔޫސުފް ޒާއީ އެންގޭޖް ވެއްޖެއެވެ. އިއްޔެ ކުރި ޓްވީޓެއްގައި މަލާލާ ބުނީ މިއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް ކަމުގައެވެ. އޭނާ އިތުރަށް ބުނީ މިކަމުގައި ހުރިހާ އެންމެންގެ ހެޔޮ ދުއާއަށް އެދޭ ކަމަށެވެ. އަދި ހަޔާތުގެ ދަތުރުގައި ވާން އުޅޭ ފިރިމީހާ އާއި އެކު ދަތުރުކުރުމަށް ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މަލާލާ އަކީ ނޯބަލް ޕީސް ޕްރައިޒް ހޯދި ކަނބަލަކަށްވާއިރު އޭނާގެ ފިރިމީހާ، އަސީރު މަލިކް އަކީ ޕާކިސްތާނުގެ ކްރިކެޓު ބޯޑުގެ އިސް މަގާމެއް ފުރަމުން އަންނަ މީހެކެވެ. މީގެ އިތުރުންވެސް އޭނާ އަކީ ޕާކިސްތަނުގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މީހެކެވެ. އަންހެން ކުދިން ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ މަލާލާއަށް މިހާރު 24 އަހަރު ފުރިފައިވާއިރު އޭނާ އަކީ ކުޑައިރު ޓެރެރިޒަމްގެ ހަމަލާތަކާއި ކުރިމަތިލައިފައިވާ މީހެކެވެ. މަލާލާގެ އުމުރުން އެންމެ 15 އަހަރުގައި ބޮލަށް ބަޑި ޖަހައި ފުރާނައަށް ނުރައްކާވަރަށް އޭނާ ވަނީ ޒަހަމް ކޮށްލާފައެވެ. ނަމަވެސް އެކަމުންވެސް ފަހަތައް ނުޖެހި “ސްކޫލުގާލް އެކްޓްވިސްޓު”ގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކޮށްފަައެވެ. އެގޮތުން ކުޑަކުދިންގެ ހައްގުގައި މަލާލާ ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކޮށް 2014 ވަނަ އަހަރު ވަނީ އޭނާއަށް ނޯބަލް ޕީސް ޕްރައިޒް އެވޯޑު ދީފައެވެ. އޭނާ ވެގެން އޭނާ ވެގެން ގޮސްފައިވަނީ، އެންމެ ހަގު އުމުރުގައި އެ އެވޯޑު ހާސިލްކުރި ފުރަތަމަ ފަރާތަށެވެ. އެއީ އޭނާގެ އުމުރުން 16 އަހަރުގައެވެ. މަލާލާ އެންގޭޖް ވެފައިވާއިރު މީގެ ކުރިން މަލާލާ ވަނީ ކައިވެންޏާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން، މީހުން ކައިވެނި ކުރަނީ ކީއްވެ ތޯ އާ އޭނާއަށް މީހުން ކައިވެނި ކުރާ ސަބަބު ނުވިސްނޭ ކަމަށްވެސް އޭނާ ވަނީ މިދިޔަ ޖުލައި މަހު ވޯގު އިންޓަވިއުއެއްގައި ބުނެފައެވެ. މި ވަހާކަތަކާއި ގުޅިގެން މަލާލާ ހޫނުފެނަށް ވެއްޓުމުން މަލާލާގެ ބައްޕަ ބުނެފައިވަނީ މަލާލާ ދެއްކި ވާހަކަ މީޑިއާ ތަކުން ފަތުރާފައިވަނީ އޮޅުވާލައިގެން ކަމަށެވެ. ޕާކިސްތާނުގެ ސުވާތު ވާދީއަށް 1997 ވަނަ އަހަރު އުފަންވި މަލާލާ ޔޫސަފްޒައީ އަކީ، “ޠާލިބާނުންގެ އަޅުވެތިކަމުގެ ދަށުގައި ދިރިއުޅުން” މި މައުލޫއަށް 2009-10އަށް ކާކުކަން ނޭނގޭ ގޮތަށް ބީބީސީ ބްލޮގަށް ލިޔުނު ކުއްޖެކެވެ. އިންޓަނޭޝަނަލް ޗިލްޑްރެންސް ޕީސް ޕްރައިޒަށް 2011 ވަނަ އަހަރު ނޮމިނޭޓްވި، މަލާލާ ވަނީ 2013 ވަނަ އަހަރު އދ.ގައި ތަގުރީރުވެސް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!