ޑީން ސްޓޮކްވެލް

ކުއަންޓަމް ލީޕްގެ އެކްޓަރު ޑީން ސްޓޮކްވެލް މަރުވެއްޖެ

ސައިންޓިފިކް ސީރީސެއްކަމަށްވާ “ކުއަންޓަމް ލީޕް”ގެ މަޝްހޫރު އެކްޓަރު ޑީން ސްޓޮކްވެލް އުމުރުން 85 އަހަރުގައި މަރުވެއްޖެއެވެ. ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން ކެނެސް ބެސްޓް އެކްޓަރު އެވޯޑް ހާސިލުކުރި އެމެރިކާގެ ފިލްމް އެކަޓަރު މަރުވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެއީ ގުދުރަތީ މަރެއް ކަމަށް ބޭރުގެ ހަބަރުތަކުން ބުނެއެވެ. ފާއިތުވި 70 އަހަރުގެ ފިލްމީ ދާއިރާގައި ސްޓޮކްވޮލް ވަނީ އެތައް ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ގޮލްޑެން ގްލޯބް އެވޯޑް ހާސިލްކޮށްފައެވެ. އަދި ކޮމެޑީ ފިލްމެއް ކަމަށްވާ “މެރީޑް ޓު ދަ މޮބް” ފިލްމު ވަނީ ދުނިޔޭގެ މަޝްހޫރު އޮސްކާ އެވޯޑަށް ނޮމިނޭތް ވެފައެވެ. ކުއަންޓަމް ލީޕް ސީރީސްގެ އިތުރުން ސްޓޮކްވޮލް ވަނީ އެއާފޯސް ވަންގަ ވެސް ލީޑް ރޯލެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން 1984 ވަނަ އަހަރު ނެރުނު ޑޫން އަދި އޭގެ ދެ އަހަރު ފަހުން ނެރުނު ބްލު ވެލްވެޓުން ވެސް އޭނާ ފެނިގެންގޮސަފައިވެއެވެ. ސްޓޮކްވޮލް މަރުވުމާ ގުޅިގެން ހޮލީވުޑުގެ މަޝްހޫރު ތަރިން އަންނަނީ ޓުވިޓާގައި ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ލީޑިއާ ކޮނެލް ވަނީ ޓުވިޓާގައި ސްޓޮކްވެލްއަކީ ވަރަށް މޮޅު ތަފާތު އެކްޓަރެއް ކަމަށް ބުނެފައެވެ. ޑީން ސްޓޮކްވެލް “ސްޓޮކްވޮލްގެ ލޮލުން އަބަދުވެސް އަހަންނަށް އިންސާނިއްޔަތުކަން ފެނޭ. އޭނާއަކީ ރަނގަޅު އަދި އެހާމެ މޮޅު އެކްޓަރެއް. ކުއަންތަމް ލީޕްގައި އަހަންނަށް އޭނާއާއެކު މަސައްކަތް ކުރެވުނީތީ ފަހުރުވެރިވޭ” ލީޑިއާ ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. މަޝްހޫރު ފިލްމު ކޮމްޕްލޫޝަންގައި މަސައްކަތްކޮށްފައިވާ ސްޓޮކްވެލް ވަނީ ހޮލީވުޑްގެ އެކްޓްރެސް މިލީ ޕާކިންސްއާ ކައިވެނިކޮށްފައެވެ. ސްޓޮކްވެލް މަރުވި އިރު އެނާގެ ދެ ދަރިން ހުރެއެވެ. މީގެ އިތުރުން ސްޓޮކްވެލްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ބަވާލީ ހިލްސް ކޮޕް 2” އަދި “ކެޓަލް ޑްރައިވް” ހިމެނެއެވެ. ހަމައެހެންމެ އެނާގެ “ރެއިންމޭކާ” އަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯފާފައިވާ ލީގަލް ޑްރާމާއެކެވެ. އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ސްޓޮކްވެލް މަރުވި ހަބަރާއެކު އޭނާގެ ފިލްމަތަކަށް އަދިވެސް ބަލަމުން އަންނަ މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!