މެލޭޝިޔާގެ ނޯތްޕޯޓާއެކު އެމްޕީއެލުން ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރި އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: އެމްޕީއެލް

މެލޭޝިޔާގެ ނޯތްޕޯޓާއެކު އެމްޕީއެލުން މަސައްކަތް ކުރަނީ

މެލޭޝިޔާގެ ނޯތުޕޯޓާ ގުޅިގެން މަސައްކަަތް ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސްޓްރެޓެޖިކް ކޮލޮބޮރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. މެލޭޝިއާގެ ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ދަތޯ އަޒްމާން ޝާހް މުހައްމަދު ޔޫސުފް އެވެ.

މި އެއްބަސްވުމުގެ ދަށުން ތިން ދާއިރާއަކުން ދެ ފަރާތުން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.އެގޮތުން ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމާއި، ތަމްރީނުތައް ދިނުމާއި އަދި އިކުއިޕްމެންޓް މެއިންޓެނެންސްގެ މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އެއްބަސްވުމާ ގުޅިގެން ދެ ފަރާތުން ބަދަލުކުރާ މައުލޫމާތުތަކާއި ވަސީލަތްތަކުގެ ސަބަބުން ޕޯޓުތަކުގެ މެދުގައި އޮންނަ ގުޅުންތައް ހާމަވެގެންދާނެ ކަމަށާއި އިތުރު ދާއިރާތަކަށް މަގުހުޅުވިގެން ދާނެ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކަށް މުދާ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ޕޯޓު ގުޅިގެން މަސައްކަތް ކުރަން ފެށުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ވިދާޅުވި އެވެ. ކޮވިޑްގެ ސަބަބުން އާ ކަންކަން ދަސްކޮށް ތަޖުރިބާ ކުރަން ފުުރުސަތުތަކެއް ލިބުނު ކަމަށްވެސް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!