އެމްއެންޔޫ މީގެ ކުރިން ރިސާޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން.ހަތަރު ދިރާސާއަކަށް އަށް ލައްކަ ރުފިޔާ މިފަހަރު އެވޯޑްކުރި--- ފޮޓޯ/ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ހަތަރު ދިރާާސާއަަކަށް އަށް ލައްކަ ރުފިޔާ އެވޯޑްކޮށްފި

އެކި ދާއިރާތަކުން ދިރާސާ ކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ދެމުންދާ އެހީގެ ދަށުން އަށް ލައްކަ ރުފިޔާ އެވޯޑް ކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދިރާސާތައް ކުރަން އެހީ ލިބުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

މިއީ ރިސާޗް ގްރާންޓް މިއަހަރު ހަވާލުކުރި ދެވަނަ ފަހަރެވެެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް އަވަސްއަށް ވިދާޅުވީ ރިސާަޗް ގްރާންޓް ހަވާލުކުރީ އެކަމަށް ޕްރޮޕޯސަލް ހުށަހެޅި ހަ ދިރާސާގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ދިރާސާއަކަށް ކަމަށެވެ.

“އަޅުގަނޑުމެން ގްރާންޓް ދެނީ މޯލްޑިވްސް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ދާއިރާތަކަށް ބޮޑަށް އިސްކަންދީގެން، ދެން މިފަހަރު މިދިނީ މަސްވެރިކަމާ ގުޅޭ ގޮތުން ދިރާސާކުރަން މުޅިން އަލަށް” ޝަރީފް ވިދާޅުވި އެވެ.

އެ ދިރާސާތައް އެމްއެންޔޫގެ ޖާނަލް އަދި ބައިނަލްއަގުވާމީ ޖާނަލްތަކުގައި ޝާއިއުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވެސް ޝަރީފު ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!