މޫސުން، ފެރީ، ކަނޑު ގަދަވުން، ކަނޑު ދަތުރު، ކަންޑު މަތީގެ ހާދިސާ

ކުރިއަށް އޮތް ތިންދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވާނެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ތިން ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާއްމުވައި ގަދަވުމާއެކު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށްވެސް މޫސުން ގޯސްވެ، އެގައުމުގެ ބޮޑު ބަޔަކަށް ވަނީ ރެޑް އެލާޓް ނެރެފައެވެ. https://sun.mv/158782 ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ރެޑް އެލާޓް ނެރުނީ ކޮލޮމްބޯ ހިމެނޭ ހުޅަނގު ޕްރޮވިންސާއި، ހުޅަނގު އުތުރު، ސަބަރަގަމުވާ އަދި އުތުރު ޕްރޮވިންސް ހިމެނޭ ސަރަހައްދުތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!