ރައީސް ސޯލިހާއި ރައީސް ގޮތަބަޔާ

ރައީސް ސްރީލަންކާގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ސްރީލަންކާގެ ރައީސް ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު މައުލޫތަކަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހް ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސްގެ ދެ ކަނބަލުން ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!