ފ. ނިލަންދޫގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއްވި އެ ރަށު އަހިމާގެ، އަހުމަދު އިރުފާން، 22އ

50 ފޫޓުގެ ރުކުން ވެއްޓުނު ޒުވާނާގެ ފުއްޕާމޭގެ މަސްގަނޑުވަނީ ޗިސްވެފައި: އާއިލާ

ފ. ނިލަންދޫގައި 50 ފޫޓުގެ ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި އަނިޔާވި ޒުވާނާގެ ފުއްޕާމޭގެ މަސްގަނޑުވަނީ ޗިސްވެފައި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފިއެވެ. އިއްޔެ ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރު ރުކަކަށް އަރާ އުޅެނިކޮށް ވެއްޓިފައިވަނީ އެ ރަށު އަހިމާގޭ އަހުމަދު އިރުފާން، 22އެވެ. “ދަ ޕްރެސް” އަށް މައުލޫމާތުދެމުން އިރުފާނުގެ އާއިލާއިން ބުނީ އޭނާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުއްޕާމޭގެ މަސްގަނޑު ޗިސްވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އިރުފާނަށް ލިބިފައިވާ އަނިޔާތަށް އިތުރަށް ކިޔައިދެމުން އާއިލާއިން ބުނީ އޭނާގެ ކަނާތު ފަލަމަސްގަނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މޫނު މަތީގައި ޒަހަމްތަކެއްވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ މޫނު މަތީގެ ކަށިތަކަށް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ކިޔައިދިނެވެ. އިރުފާނުގެ މިހާރުގެ ހާލަތު ކިޔަައިދެމުން އާއިލާއިން ބުނީ މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި ވާހަކަދައްކާ ކަމަށެވެ. އަދި މިހާތަނަށް އޮޕަރޭޝަނެއް ކޮށްފައި ނުވާ ކަމަށްވެސް އިރުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ. އިރުފާނުގެ އާއިލާއިން ބުނީ އޭނާ ވެއްޓުނީ މޫނުވަތަށް ކަމަށާއި މޫނު މައްޗާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އާއިލާއިން އިތުރަށް ބުނީ އިރުފާނު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާ ކަމަށެވެ. މީގެ ކުރިންވެސް އިރުފާނަކީ އާއިލާ މީހުންގެ އިތުރުން ރައްޓެހިން ބުނެގެންވެސް ކާށި އަޅައިދޭން ރުއްރުކަށް އަރާ މީހެކެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!