މާލެ މަގުމަތިގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް

ރަހީނު ކުރި ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

މާލޭގައި ރަހީނު ކުރި ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. އެކުއްޖާ ރަހީނު ކޮށްފައި ކަމަށް ވަނީ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ ކަމަށް ރޭ 12:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މިއަދު ހެނދުނު 06:17 ހާއިރު އެކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ރަހީނު ކުރި ކަމަށް ވަނީ އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެންނެވެ. މާލޭގައި މިއަހަރު ކުރީކޮޅު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!