މީގެ ކުރިން ލަންކާއަށް ކުރި ވިއްސާރައެއްގައި މަގުތައް ފެންބޮޑުވެފައި--

މޫސުން ގޯސްވެ، ލަންކާގެ ބޮޑު ބަޔަކަށް ރެޑް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން އަވަށްޓެރި ސްރީލަންކާގެ ބޮޑު ސަރަހައްދަކަށް ރެޑް އެލާޓް ނެރެފިއެވެ. ސްރީލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ރެޑް އެލާޓް ނެރުނީ ކޮލޮމްބޯ ހިމެނޭ ހުޅަނގު ޕްރޮވިންސާއި، ހުޅަނގު އުތުރު، ސަބަރަގަމުވާ އަދި އުތުރު ޕްރޮވިންސް ހިމެނޭ ސަރަހައްދުތަކަށެވެ. އެ ޕްރޮވިންސްތަކުގެ ބައެއް ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަންކާގެ މެޓު ޑިޕާޓްމަންޓުން ވަނީ ލަފާކޮށްފައެވެ. ލަންކާގެ އުތުރު ޕްރޮވިންސާއި މަޓަލެ، ގާއްލަ އަދި މަޓަރަ ޑިސްޓްރިކްޓުގެ ބައެއް ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އެލާޓް ނެރެފައިވަނީ މާދަމާ (9 ނޮވެމްބަރު) ރޭ 7:00 އާ ހަމައަށެވެ. އެލާޓް ނެރެފައިވާ މުއްދަތުގައި ވައިގަދަވުމާއެކު ވިދާ، ގުގުރާނެ ކަމަށް ލަފާކޮށް، އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަންކާގެ މެޓުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު އެގައުމުގައި ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކެއް ވެސް ވަނީ ފަސްކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!