މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ. އިސްލާމިކް ޔުނިވާސިޓީގެ ބަޖެޓު ބޮޑުކުރަން އާދަމް ޝަރީފް ގޮވާލެއްވި -- ފޮޓޯ: އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީގެ ބަޖެޓު ބޮޑުކުރަން ގޮވާލައިފި

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޭލުންތެެރިކަން އިތުރުކުރުމަށް އިސްލާކިމް ޔުނިވާސިޓީގެ އަންނަ އަަހަރުގެ ބަޖެޓު ބޮޑުކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް އެފަދައިން ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހުރި ކަންކަން ފާހަގަކޮށް އެކަންކަން ހައްލުކުރަން ބަޖެޓުގައި ހިމަނުން މުހިންމު ކަމަށެވެ

އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މިހާރު ކުރާ މަސައްކަތްތަކުގެ ތެރެއިން ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް ޔުނިވާސިޓީގެ ބަޖެޓު ބޮޑުކުރަން އޭނާ ހުށަހެޅުއްވި އެވެ

“މިހާރު ހުރި އަދަދު [އިސްލާމިކް ޔުނިވާސިޓީއަށް] މާކުޑަ އެ މީހުންނަށް އެ ފުރުސަތުތައް މަގުފަހުކޮށްދީގެން ރާއްޖޭގެ އެކްސްޓްރީމިޒަމްއާ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޭލުންތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ” އާދަމް ޝަރީފް ވިދާޅުވި އެވެ.

އަންނަ އަހަރަށް އިސްލާމިކް ޔުނިވާސިޓީއަށް ދޭން ހުށަހަޅާފައި ވަނީ 43.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރު ކައުންޓާ ޓެރަރިޒަމް ސެންޓަރަށް 1.3 މިލިއަން ރުފިޔާގެ ބަޖެޓެެއް ހުށަހަޅާފައިވާ އިރު ނިރުބަވެރިކަމާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް 214،429 ބަޖެޓުކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!