އެސްޓީއޯގެ މުވައްޒަފުން އީސްޓޯރުގެ އޯޑަރުތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަނީ / ފައިލް ފޮޓޯ

މިނިމަމް ވޭޖާއެކު ސީދާ މަންފާ 54،000 މުވައްޒަފުންނަށް ކުރާނެ

މިނިމަމް ވޭޖާއެކު ސީދާ މަންފާ 40-50 ޕަސެންޓް މުވައްޒަފުންނަށް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އެހެން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ސީދާ މަންފާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ 40-50 ޕަސެންޓް މަސައްކަތްތެރިންނަށް ކުރާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 54،000 މުވައްޒަފުން ކަމަށެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެކި ރިސޯޓްގައި އެކި ވަޒީފާތަކުގެ މެދުގައި މުސާރައިގެ ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވިފައި ވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ އެވްރެޖް މުސާރައަކީ 4000 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ އަދަދެއްކަން ކަމަށެވެ. އަދި މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ 60 ޕަސެންޓް މުވައްޒަފުންގެ މުސާރަ ދެގުނަ ވެގެން ދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. މިނިމަމް ވޭޖާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ދަށްކޮށް ވެސް 12،000 ރުފިޔާ މުސާރައަށް ލިބޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސްޗާޖަކީ ދިނުން މަޖުބޫރު އެއްޗަކަށް މިސަރުކާރުން ހަދާފައިވާއިރު އެކަމުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ މަހަކު އެވްރެޖްކޮށް 5000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރަށް ލިބޭ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!