ދުވާފަރު ހެލްތް ސެންޓަރުން ގޭބީސީތަކަށް ގޮސް ރޭންޑަމް ސާމްޕަލް ނެގުމަށް ތައްޔާރުވެފައި/ ފައިލް ފޮޓޯ: ދުވާފަރު ހެލްތް ސެންޓާ

މިއަދު 257 މީހުން ކޮވިޑުން ރަނގަޅުވެއްޖެ

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެދިޔަ 24 ގަދިއިރުތެރޭ 257 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި 88،817 މީހުންގެ ތެރެއިން 86،559 މީހުން ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި އިއްޔެ އިރުއޮއްސި 6 އިން މިއަދުގެ އިރުއޮއްސި 6 އަށް ރަނގަޅުވި 257 މީހުން ހިމެނެއެވެ. އިއްޔެ އިރުއޮއްސި 6 އިން މިއަދު އިރުއޮއްސި 6 އަށް ނެގި 4،656 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އޭގެ 3.9 ޕަސެންޓެވެ. އެއީ 182 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 24 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 124 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހުންނެވެ. އިއްޔެ ކޮވިޑުގެ ބަލިން ރަނގަޅުނުވާ މީހުންގެ އަދަދު 2،000 އިން މައްޗަށް އަރާފައިވާއިރު، މިއަދު އެ އަދަދު ވަނީ ސީދާ 2،000 އަށް ދަށް ކުރެވިފައެވެ. މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން ރާއްޖޭން މިހާތަނަށް މަރުވެފައިވަނީ 245 މީހުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!