ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސްރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ކުރެވުނު ހާއްސަ ދުއާގެ ވަގުތުކޮޅު -- ފޮޓޯ: ރައީސް އޮފީސްރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ އަގީދާ ވަރުގަދަކުރުމަށް އެދިވަޑައިގެންފި

ދިރިއުޅުގައި ދިމާވާ ކޮންމެ ކަމެއްގެ ހައްލު އޮތީ އިސްލާމް ދީނުގައި ކަމަށްވާތީ ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާޚިރު މަހެއްގެ ދެވަނަ ދުވަހެވެ.

ފައިސަލް ވިދާޅުވީ އެއްވެސް ބަޔަކަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމީ ހިދާޔަތުގެ ނަސީބު ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް ހިނދު ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

މިފަދަ ދުވަހެއް ފާހަގަކުރާއިރު އިސްލާމް ދީނުން ލިބިދޭ ފިލާވަޅުތަކަށް ވިސްނާ ފިކުރު ކުރުމަށްވެސް ނައިބް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި ދުނިޔެއާއި އާހިރަތުގެ ނަސީބު ލިބިގަތުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި އެވެ.

ނައިބް ރައީސް ވިދާޅުވީ އިސްލާމް ދީން ދައްކުވައިދެނީ ސީދާ ވެގެންވާ ތެދުމަގު ކަމަށާއި އިސްލާމް ދީނުން އެންމެ އަހަންމިއްޔަތު ކަމެއްދޭ ސިފައަކީ ރިވެތި އަހުލާގު ކުރިއެރުވުން ކަމަށެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި، އެހީތެރިވުމާއި، އޯގާތެރިވުމާއި، ނުބައިކަންކަމުން ދުރުހެލިވެ ހެޔޮ އަލަމުކުރުމަށާއި، މުޖުތަމައު ތެރޭގައި އެއްބައިވަންތަކަން އާލާކުރުމަށްވެސް ނައިބް ރައީސް އިލްތިމާސް ކުރެއްވި އެވެ.

އިންޓަނެޓާއެކު ބަވަނަވެފައިވާ ދުނިޔޭގައި ހިނގާ ކޮންމެކަމެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފޯރާ ކަމަށާއި އެގޮތަށް ލިބޭ މައުލޫމާތުގެ ތެރެއިން އަށަގަންނުވަންވީ ރިވެތި އަހްލާގު ކަމަށްވެސް ވިދާޅުވި އެވެ. ދުނިޔޭގައި މިއަދު ހިނގާ ކަންކަމާ ގުޅިގެން ވަކިން ހާއްސަކޮށް ސޯޝަލްމީޑިއާގެ ތެރެއިން ފަތުރާ ކަންކަމަށް ސަމާލުވެ ގޯސްކަންކަން ދޫކޮށް އިބުރަތް ހާސިލްކުުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

“ހާއްސަކޮށް ބޮޑެތިވަމުން އަންނަ ދަރިން ތަރުބިއްޔަތު ވެގެން އަންނަ ގޮތާ މިކަންކަމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވަނީ،” ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ ނޭދެވޭ ކަންކަން ދޫކޮށް ރަނގަޅު އާދަތަކުގައި ހިފައިގެން ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުވުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކުން ފިލާވާޅު ލިބިގަތުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މި ޖަލްސާގައި ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ދުއާއެއް ކޮށްފައިވެ އެވެ. އިސްވެ ދުއާކޮށްދެއްވާފައި ވަނީ އައްޝައިޚް ނަސްރުﷲ އަލީ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!