އެޗްއާރްސީއެމް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް: ހައުސިން އެސެސްމަންޓް ސާވޭގގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ --- ފޮޓޯ: އަވަސް

ހައުސިން އެސެސްމަންޓް ސާވޭގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ހައުސިން އެސެސްމަންޓް ސާވޭގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން އެސެސްމަންޓް ސާވޭގެ މަސައްކަތައް މީހުން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އަންދާސީހިސާބު ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ. އަންދާސީހިސާބު ހުށަހަޅާނީ އެޗް އާރްސީއެމްގެ އޮފީހުގައި އެ ދުވަހު މެންދުރުފަހު 1:00 ގައި އޮންނަ ބައްދަލުވުމަށެވެ.

ހައުސިން އެސެސްމަންޓް ސާވޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭ 700 އާންމުންގެ ފަރާތުން މައުލޫމާތު އެއްކުރާނެ އެވެ. މި ސާވޭ ކުރިއަށްދާނީ 10 ދުވަހާއި 12 ދުވަހުގެ މުއްދަތަކަށެވެ.

ސާވޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ހޯދުމަށް ހުރި ފުރުސަތުތަކާއި އެ ފުރުސަތުތަކަކީ އަތްފޯރާ ފަށުގައި ހުރި ފުރުސަތުތަކެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ސޯޝަލް ހައުސިން އާއި ޕްރައިވެޓް ހައުސިން ހޯދުމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!