ސިއެރަ ލިއޯންގެ ފްރީޓައުންގައި ގޮވި ޓޭންކަރު - މިހާދިސާގައި 100 މީހުން ވަނީ މަރުވެފަައިފްރީޓައުންގައި ގޮވި ޓޭންކަރު ކައިރިން މީހަކު ދަނީ - މިހާދިސާގައި 100 މީހުން ވަނީ މަރުވެފަައި

ސިއެރާ ލިއޯންގައި ތެޔޮ ޓޭންކަރެއް ގޮވައި 100 މަރު

ސިއެރާ ލިއޯންގެ ވެރިރަށް ފްރީޓައުންގައި ތެޔޮ ޓޭންކަރަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާއިރު، މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ފްރީޓައުންގެ ކާރޫބާރޫ ބޮޑު ހަތަރުއަނގޮޅިއެއްގަ އެވެ. އަދި އެހާ ގިނަ އަދަދަކަށް މީހުން މަރުވާން ދިމާވި ސަބަބެއް ކަމަށް އޮފިޝަލުން ބުނަނީ ޓޭންކަރުން ފޭބި ތެޔޮ ނަގަން ގިނަ އަދަދެއް މީހުން ޖަމާވުމެވެ.

ޓޭންކަރުން ލީކުވި ތެޔޮ މަގުމައްޗަށް އެޅި ފެތުރިގަތް ބާރުކަމުން ވެހިކަލްތަކުގައި ދަތުރުކުރަމުން ދިޔަ މީހުންނަށް ވެސް ސަލާމަތް ނުވެވުނީ ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލުން ބުނާ ގޮތުން މުޅި އެސަރަހައްދު ވަނީ އަނދާފައި ހުރި މިނިކަށިން ނާމާންވެފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން ފިހާރަތަކައި ވެހިކަލްތައް އަނދައި އެއީ ކޮންޗެއްކަން ނޭނގޭވަރު ވަނީ ވެފަ އެވެ. އެމީހުން ބުނާ ގޮތުން އަނދާފައި ތިބި އިންސާނުންގެ ހަށިގަނޑުގެ ބައިތަކުގެ ސަބަބުން އެހިސާބުގައި ފައިއަޅާލެވެން ވެސް ނެތެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދީ ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުންގެ އަދަދު 400 އަށް އަރާ ކަަމަށް ލޯކަލް ޓީވިން ޚަބަރުދެ އެވެ.

ފްރީޓައުންގެ މޭޔަރު އަވޮން އަކީ ސޯޔާ ވިދާޅުވި ގޮތުގައި އޮފިޝަލުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މީހުން ސަލާމަތްކުރުމަށް ކަމަށެވެ. އިތުރު މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ވުރެ މުހިންމު ކަމެއް މިވަގު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއެރަ ލިއޯންގެ ރައީސް ޖޫލިއަސް މާޑާ ބަޔޯ މިވަގުތު އުޅުއްވަނީ ކޮޕް26 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ވަޑައިގެންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސްގެ ދަތުރުފުޅު މެދުކަނޑުއްވާ ލައްވައި ފްރީޓައުންނަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ އެވެ.

މިހާދިސާއާ ގުޅިގެން ބަޔޯ ޓްވީޓާގައި ވިދާޅުވެފައި ވަނީ ސަރުކާރުން ކޮށްދެވެން ހުުރި ހުރިހާ ކަމެއް އާންމު އާއިލާތަކަށް ކޮށްދެއްވާނެ ކަމަށެވެ.

ސިއެރަ ލިއޯން އަކީ ހުޅަނގު އެފްރިކާގައި އެޓްލާންޓިކް އައްސޭރިއަށް ހުޅުވިފައި އޮންނަ ގައުމެކެވެ. އަބާދީ އަކީ 7.97 މިލިއަނެވެ. ފަގީރުން ގިނަ ނަމަވެސް ޖަވާހިރާއި މައުދަނުން ތަނަވަސް ބިމެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!