އައްޑޫ ސިޓީ ހިތަދޫ: އެ ސިޓީގައި ކޮވިޑް ހާލަތު އެންމެ ގޯހީ ހިތަދޫގައި

އައްޑޫ ކޮވިޑް ނަންބަރު 300 އިން މަތީގައި

ރާއްޖޭގައި އަތޮޅުތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އައްޑޫ ސިޓީގައި ކޮވިޑް ނަންބަރުތައް 300 އިން މައްޗަށް އަރައިފި އެވެ.

އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރު (އޭއީއޯސީ) އިން ބުނިގޮތުގައި މިހާރު އެ ސިޓީގައި ބަލި ޖެހިފައި 328 މީހެކު އެބަ ތިއްބެވެ. އެއީ ހިތަދޫ އިން 151 މީހަކާއި، މަރަދޫ އިން 79، ފޭދޫ އިން 56 މީހުންނާއި، މީދޫ އިން 26، މަރަދޫ ފޭދޫއިން އަށް މީހުން އަދި ހުޅުދޫ އިން ހަތް މީހުންނެވެ.

މީގެ ތެރެއިން ދެ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އައްޑޫގެ ކޮވިޑް ހާލަތުގެ ގޯސްވެ މިހާތަނަށް 10 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

އެ ސިޓީއިން މިހާތަނަށް 2198 މީހުންނަށް ބަލިޖެހިފައިވާއިރު، 1861 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ކޮވިޑް ނަންބަރުތައް ހުރީ 200 އާއި 250 އާއި ދެމެދު އެވެ. ނަމަވެސް އިއްޔެ އަލަށް 42 މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ނަންބަރު ވަނީ މައްޗަށް ގޮސްފަ އެވެ.

އެޗްޕީއޭގެ ބަންދު ލިސްޓުގައި އެންމެ ގިނަ ދުވަސް ވާންދެން މޮނީޓަރިންގައި އޮތީ ވެސް އައްޑޫ ސިޓީ އެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށެގެންނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އައްޑޫގެ ކޮވިޑް ހާލަތު ގޯސްވެގެން ވަނީ އެ ސިޓީ ބަންދުކޮށްފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަކަށް ބަލާއިރު އަތޮޅުތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ހާލަތު ގޯސްވެގެން ބަންދުކުރާ ރަށްތަކުގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!