ގައުމީ އެއާލައިން މޯލްޑިވިިއަންގެ ފޮޓޯއެއް: ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަނުން ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިނުގަންނަން ނިންމައިފި

މޯލްޑިވިއަނުން އަމިއްލަ ކުންފުންޏަކަށް 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ. ހައިކޯޓުން ބުނީ، އިސްތިއުނާފުގެ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ސިވިލް ކޯޓުން ކުރި ހުކުމްގައި ގާނޫނާ ހިލާފަށް ކުރި ކަމެއް ބުނެދެވިފައި ނެތުމުން ކަމަށެވެ. އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވާ ގޮތުން، އިސްތިއުނާފަށް މައްސަލަ ހުށަހަޅާއިރު އުފެދިފައިވާ ގާނޫނީ ބަހުސެއް ބުނެދީފައި އޮންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނަމަވެސް، މޯލްޑިވިއަނުން ހުށަހެޅި މައްސަލާގައި އެފަދަ ބަހުސެއް ބުނެދީފައެއް ނެތެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނަމަވެސް، އެ ކޯޓުންގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މޯލްޑިވިއަނަށް އެބައޮތެވެ. ފަނޑިޔާރުންގެ މަޖިލީހުން އެ ނިންމުން ދަމަހައްޓައިފި ނަމަ، ސުޕްރީމް ކޯޓަށްވެސް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. 2017 ވަނަ އަހަރު މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑާ ދެމެދު، ތ. ތިމަރަފުށީ އެއާޕޯޓުގައި ކެފޭއެއް ތަރައްގީކުރަން ހެދި އެއްބަސްވުން، އެ ކުންފުނިން އެދިގެން 2019 ވަނަ އަހަރު ބާތިލްކޮށްފައިވާއިރު، އެ ކުންފުނިން ކެފޭ ހިންގަން ކުރި ހަރަދުގެ ބަދަލު ނުދިން މައްސަލާގައި، މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ވަނީ މޯލްޑިވިއަނުން 1.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހުކުމް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!