ކުޑަހުވަދޫން ބޭރުކުރަން އުޅުނު ރުށްތައް/ ފޮޓޯ: އަހުމަދު މައުރޫފް ޓްވިޓާ

ކުޑަހުވަދޫން ރުށްތަކެއް ބޭރުކުރަން އުޅެނިކޮށް ހުއްޓުވައިފި

ދ. ކުޑަހުވަދޫ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ހަމަޖެހިފައިވާ ރުށްތަކެއް އެރަށުން ބޭރުކުރަން އުޅެނިކޮށް ހުއްޓުވައިފިއެވެ. ކުޑަހުވަދޫގެ ކައުންސިލަރު އަހްމަދު މައުރޫފް ވަނީ “ދަ ޕްރެސް” އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. މައުރޫފް ވިދާޅުވީ، ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ މިކަން ނިންމަވާފައި ވަނީ ރަށުގެ އެއްވެސް ކައުންސިލަރަކާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި، ރުށްތައް ޕިކަޕަކަށް އަރުވައިގެން ދަނިކޮށް ފެނުމުން، އޭނާ ވަނީ އެކަން ހުއްޓުވާފައި ކަމަށެވެ. ޕިކަޕް ހުއްޓުވުމަށް ފަހު އީޕީއޭ އަށް ގުޅުއްވައި، އެ އޭޖެންސީން މިކަމަށް ހުއްދަ ނަގާފައިވޭތޯ ބައްލަވާފައި ވާނެ ކަމަށާއި، އެ އޭޖެންސީން ހުއްދަ ނުދޭ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން، ފުލުހުންގެ އެހީތެރިކަމާއެކު ޕިކަޕް އަނބުރާ ފޮނުވާލާފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގައި ފުލުހުންނާއި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުން މައުރޫފް ވަނީ ފާހަގަ ކުރައްވާފައެވެ. މިއަދު ކުޑަހުވަދޫން ބޭރުކުރަން އުޅުނު ރުށްތަކަކީ މީގެ ކުރިންވެސް ކައުންސިލުން ސަރުކާރާ ވާހަކަ ދެއްކުމަށް ފަހު، އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ނިންމާފައިވާ ރުށްތަކެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!