ވިލިމާލެ / ފޮޓޯ: ސޯޝަލް މިޑިއާ

ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް ކައުންސިލްގައި ރަޖިސްޓްރީކުރަން އަންގައިފި

ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރަން އަންގައިފިއެވެ. މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލްގައި އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލްގައި ރަޖިސްޓްރީވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. ސިޓީ ކައުންސިލުން ވަނީ މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައް ވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. މި ކަމަށް އެދި ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ވިލިމާލޭގައި ދުއްވުމަށް ހުއްދަދީފައިވަނީ ހަމައެކަނި ބެޓެރީ އުޅަނދުތަކަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!