ތުރާކުނު ޕޮލިސް ޑެސްކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީތުރާކުނު ޕޮލިސް ޑެސްކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސޕީ ހަމީދު ބައިވެރިވެވަޑައިގެންނެވި-- ފޮޓޯ: ހޯމް މިނިސްޓްރީތުރާކުނު ޕޮލިސް ޑެސްކް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ

އަމާޒަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ދިނުން: އިމްރާން

ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރު ގެންގުޅޭ އެންމެ މުހިއްމު އަސާސީ ފަލްސަފާ އަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ދިނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ އިދާރާ އިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު މިހާރު ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެ މުހިއްމު އަސާސީ ފަލްސަފާ އަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ދިނުން ކަމަށެވެ.

އިމްރާން ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތް ގާއިމްކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ ކުށެއް އުފަންވެފައި އޮތުމަކުން ނޫން ކަމަށެވެ. އެކަން ބިނާ ވަނީ ކުުށާ ހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް މިހާރު އަމާޒުކޮށްފައިވަނީ ފުލުހުންގެ އާ ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެން ދިއުމަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކަށް އަންނަ ބަދަލުތައް ފަދައިން ތުރާކުނުގެ އާންމު މަސްލަހަތާއި ކުށު ވެއްޓަށް ބަދަލުތަކެއް އައުން އެއީ ފުލުހުން ސަމާލުވެ ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ތުރާކުނަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެ ތިބުން މުހިއްމު ކަމަށެވެ. ޕޮލިސް ޑެސްކެއް ގާއިމުވެގެން ދިއުމާއެކު ތުރާކުނުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވި އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމުވެފައިވާ ފުލުހުންގެ ޓީމުތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންނާ ގާއިމުކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ތުރާކުނުގައި މީގެކުރިން ފުލުހުންގެ ހިދުމަތް ދެމުން ގެންދިޔައީ ކަމެއް ދިމާވުމުން އެ އަތޮޅު ހޯރަފުށީގައި މަސައްކަތް ކުރާ ފުލުހުން ތުރާކުނަށް ގެންގޮސްގެންނެވެ. އެކަމަކު ތުރާކުނުގައި މިއަދު ހުޅުވި ޕޮލިސް ޑެސްކާ އެކު އެރަށުގައި އަބަދުވެސް ފުލުހުން މަސައްކަތް ކުރާނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!