އއ. މަތިވެރީގައި ޖާބިރު ހިންގާ ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް" --

ތިން އަހަރު ކުރިން ރޯކޮށްލި ޖާބިރުގެ ގެސްޓު ހައުސް ކާސާމިއާ އަންނަ މަހު ހުޅުވަނީ

މީގެ ތިން އަހަރު ކުރިން ރޯކޮށްލުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އއ. މަތިވެރީގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސް، ކާސާމިއާ އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާނެކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ. ކާސާމިއާ ހުޅުވުމާ ގުޅޭގޮތުން ޖާބިރު “ސަން”އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ގެސްޓު ހައުސް މަރާމާތުކުރުމުގެ މަސައްކަތްކަމަށެވެ. “އެ ތަން މަރާމާތުކޮށް ހުޅުވަން ޖެހޭނެނޫންތޯ. އެކެއް ޑިސެމްބަރުގައި އެތަނުގައި ފަތުރުވެރިން ތިބެން ޖެހޭނެނޫންތޯ. މިވަގުތު އަޅުގަނޑުމެން މި ކުރަނީ އެ ތަނުގެ ފިނިޝިންގެ މަސައްކަތް،” ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ގެސްޓު ހައުސް ހުޅުވާއިރު އެ ތަނުގައި ސްވިމިން ޕޫލަކާއި ސްޕާއާއި ފިޓްނެސް ސެންޓަރުތައް ވެސް ހުޅުވާނެކަމަށެވެ. އަދި އެ ތަން ތަރައްގީކުރާނީ ތަހުޒީބު ބީޗް ރިސޯޓެއްގެ ގޮތުގައިކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ތުހުމަތު ކުރަނީ ގެސްޓް ހައުސް ރޯކޮށްލި ކަމަށް، މައްސަލަ ފުލުހަށްއިތުރަށް ވިދާޅުވުމަށް ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގާ ކާސާ މިއާ މޯލްޑިވްސްގައި އަލިފާން ރޯކޮށްލައިފައިވަނީ 2019ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭއެވެ. އެގޮތުން އެއިރު ޖާބިރު ވިދާޅުވީ އެ ތަން އަންދާލައިފައިވަނީ އެތަން ހުޅުވަން އެތައް މިލިއަން ޑޮލަރެެއް އިންވެސްޓުކޮށް، ހުޅުވަން ތައްޔާރުވެފައި ވަނިކޮށްކަމަށެވެ. ޖާބިރުގެ ރިޗް ކުލަބު ކުންފުނިން މަތިވެރީގައި އެ ރަށުގެ ކައުންސިލުން 21،000 އަކަފޫޓުގެ ބިމަކާއި 25،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ނަގައިގެން ހަދާފައި ހުރި ގެސްޓްހައުސްއާ ހަވާލުވެފައިވަނީ 2017ވަނަ އަހަރެވެ. އެ ބިން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދުވަސްވަރު 50 އަހަރުގެ މުއްދަތަކަށެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!