ދިރާގު ހެޑް އޮފީސް

ތިންވަނަ ކުއާޓާގައި ދިރާގުގެ ސާފު ފައިދާ ދަށަށް

މިއަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ ތިންވަނަ ކުއާޓާގައި ދިރާގަށް ލިބުނު ސާފު ފައިދާ ދަށަށް ގޮސްފިއެވެ. ދިރާގުގެ ކުއާޓަލީ ރިޕޯޓުތައް ދައްކާ ގޮތުގައި، އެ ކުންފުންޏަށް މިދިޔަ ކުއާޓާގައި 191.3 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައި ވާއިރު، ދެވަނަ ކުއާޓަރުގައި 195.8 މިލިއަން ރުފިޔާ ވަނީ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ފައިދާ ވަނީ 21 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 195.8 މިލިއަން ރުފިޔާއެވެ. މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ދިރާގުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު އިތުރުވެފައެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް 610.2 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 586.7 މިލިއަން ރުފިޔާއެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، އަދިވެސް ދަތިތަކާ ކުރިމަތިވާ ކަމަށާއި، މިއަހަރުވެސް ބައެއް މުހިންމު މާކެޓުތައް ބަންދުކޮށްފައި އޮތުމުން، ރޯމިން އިން ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!