އއ. މަތިވެރި --

މަތިވެރި ހޮޓަލެއްގައި މާރާމާރީއެއް ހިންގައިފި

އއ. މަތިވެރީ ހޮޓަކަށް ވަތް މީހެއްގެ ގައިގައި އެ ހޮޓަލުގައި ތިބި ބަޔަކު ޖަހައި މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ދެންމެ ބުނީ މަތިވެރީ ހޮޓަކަށް ވަތް މީހެއްގެ ގައިގައި އެ ހޮޓަލުގައި ތިބި ބަޔަކު ޖަހައި މާރާމާރީ ހިންގި މައްސަލައެއް މިއަދު ހަވީރު އެ ސާވިސްއަށް ހުށައަޅާފައިވާ ކަމަށެވެ. މާރާމާރީގައި މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ބޮޑު އަނިޔާއެއް ނުލިބެއެވެ.

މާރާމާރީގެ އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށައިފި ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!