ށ. ގޮއިދޫ

ބަޔަކު ޕޮޒިޓިވްވެ ގޮއިދޫ ބަންދުކޮށްފި

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ށ. ގޮއިދޫއަށް އަރާ ފޭބުން މަނާކޮށް އެ ރަަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެންގޮސްފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ގޮއިދޫ ބަންދުކުރީ އެ ރަށުން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ. އިއްޔެ އެކަނިވެސް އެ ރަށުން 15 މީހަކަށް ކޮވިޑް ބަލި ޖެހިފައި ވެއެވެ. އެ ރަށުން މިހާތަނަށް 19 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.

ގޮއިދޫ ހިމެނޭހެން 23 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުމީދޫ އާއި ފ. ނިލަންދޫ އާއި ލ. ގަމާއި ށ. ފީވަކުގެ އިތުރުން ބ. ތުޅާދޫ އާއި ބ. ގޮއިދޫ އާއި ނ. ހޮޅުދޫ އާއި މ. މުލަކާއި ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އާއި ށ. ފުނަދޫ އާއި މ. ދިއްގަރާއި ގއ. ކޮލަމާފުއްޓާއި ނ. މިލަދޫ އާއި ކ. ހުރާ އާއި މ. މުލި އަދި ނ. މަނަދޫ އާއި ށ. ގޮއިދޫ އެވެ.

މީގެ ތެެރެއިން އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުމީދޫ މޮނިޓަރިންގައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި ރަށްތައް މޮނިޓަރިންއަށް ގެނެސްފައިވަނީ އޮގަސްޓް 28 ވަނަ ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!