ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މާލެ ޖަލަށް ވަޑައިގެން ބަންދުކޮށްފައި ހުރި މީހަކާ ވާހަކަދައްކަވަނީ -- ފޮޓޯ: ކަރެކްޝަންސްކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މާލެ ޖަލަށް ވަޑައިގެން ބަންދުކޮށްފައި ހުރި މީހަކާ ވާހަކަދައްކަވަނީ -- ފޮޓޯ: ކަރެކްޝަންސް

މާލެ ޖަލުގެ ޖާގައަށްވުރެ 33 ޕަސެންޓް މީހުން ގިނަ

ޖާގައަށްވުރެ އިތުރަށް މާލޭ ޖަލުގައި 33 ޕަސަންޓް މީހުން އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ފުޅު، އެ މައުލޫމާތު ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހު އޭނާ މާލެ ޖަލަށް ޒިޔާރާތް ކުރައްވާ އެތަނުގައި ބަންދު ކޮށްފައި ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ. ކޮމިޝަނާ ވިދާޅުވީ މާލޭ ޖަލުގައި ތިބި ގައިދީންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާލުމުން އެންމެ ބޮޑު މައްސަލައަކީ ސިއްހީ ފަރުވާ ލިބުމުގެ މައްސަލަކަން ފާހަގަކުރެއްވުނު ކަމަށެވެ.

ޖަލުގެ ޖާގައާ ނުބައްދަލު އަދަދަށް މީހުން ބަންދު ކުރަންޖެހިފައި ވާތީ ހިދުމަތް ފޯރުކޮށް ދޭން ގިނަ ދަތިތަކެއް ހުރުމަކީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ.

ފުޅު އިތުރަށް ވިދާޅުވީ މާލޭ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަމުގެ މައްސަލަ ހައްލު ކުރެވޭނީ ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް އަވަސް ކޮށްގެން ކަމަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޝަރީއަތްތައް އަވަސް ކުރަން އެދިވަޑައިގެންފަ އެވެ.

މާލޭ ޖަލަށް ޒިޔާރަތް ކުރުމަށްފަހު އެޗްއާރްސީއެމުން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ވެސް މާލޭ ޖަލުގައި ޖާގައަށް ވުރެ އިތުރަށް ގައިދީން ގެންގުޅޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ގައިދީން ދެއްކުމުގައި ގިނަ ދުވަސްވުމާއި، ޖަލުގައި ސިއްހީ މައްސަލަތައް ހުރި މީހުން ގިނަ ކަމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ގިނަ އަދަދެއްގެ މީހުން ޝަރީއަތް ކުރިއަށް ނުގޮސް ގިނަ އަހަރުތަކެއްވެފައިވާ މައްސަލަ ވެސް ފާހަގަ ކުރި އެވެ.

މާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރާ މީހުން ބައިތިއްބާފައި ތިބެ އެވެ. މީގެއިތުރުން ހިންމަފުށި އަދި މާފުށި ޖަލުން ސިއްހީ ފަރުވާ އަށް މާލެ ގެންނަ ގައިދީން ވަގުތީ ގޮތުން ބޭތިއްބުމަށް ވެސް މާލެ ޖަލު ބޭނުންކުރެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!