އެވިޑް ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާޤު ރަޝާދު --

އެވިޑް ކޮލެޖުގައި މުޅިން އަލަށް މާސްޓާ އޮފް ރިސާޗް ސްޑަޓީޒް ކޯސް ފަށަނީ

އަންނަ ޖެނުއަރީ މަހު ފަށާ ސެމިސްޓާގައި އެވިޑް ކޮލެޖުގައި މުޅިން އަލަށް “މާސްޓާ އޮފް ރިސާޗް ސްޑަޓީޒް” ކޯސް ފަށަން ނިންމައިފިއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބަލާ ފާސްކޮށް ހިންގުމުގެ ހުއްދަ ދީފައިވާ ކޯހެއް ކަމުގައި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ހާމަކުރެއްވިއެވެ. މާސްޓާ އޮފް ރިސާޗް ސްޑަޓީޒް ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް، ތިން ސެމިސްޓާގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ކޯހެކެވެ. ޖުމުލަ އަށް މޮޑިއުލުގެ މައްޗަށް ކޯސް ބިނާވެފައި އޮންނައިރު ސެމިނާއަކާއި ޑިސަޓޭޝަން ވެސް ހިމެނިގެންދާނެ ކަމަށް މުސްތާގު ވިދާޅުވިއެވެ. މިއިން ކޮންމެ މޮޑިއުލްއެއް ވެގެން ދަނީ ރިސާޗް ކުރުމުގެ ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ފައިދާކުރުވަނިވި އެތައް މައުލޫމާތެއް އެކުލެވިގެންވާ މޮޑިއުލަކަށެވެ. އެގޮތުން، ކޮންޓިޓޭޓިވް ރިސާޗް މެތަޑްސް އާއި ކޮލިޓޭޓިވް ރިސާޗް މެތަޑްސް ގެ އިތުރުން ސްޓެޓިސްޓިކް އަދި އިންފޮމޭޝަން ޓެކްނޮލިޖީ ރިސާޗް ފަދަ މޮޑިއުލްތައް ހިމެނޭނެއެވެ. މުސްތާގު އިތުރަށް ވިދާޅުވީ އެވިޑް ކޮލެޖުގައި ކިޔަވައިދެވޭ އެހެން ކޯސްތަކެކޭ އެއްފަދައިން މި ކޯހުގައިވެސް ކިޔަވައިދެއްވާނީ މި ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައި ނުވަތަ މާސްޓާސް ސެޓިފިކެޓޭއް އޮވެ، ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ލެކްޗަރާއިން ކަމުގައެވެ. އެހެން ކޯސްތަކެކޭ ވެސް އެއް ފަދައިން މި ކޯހަކީ ވެސް ދަރިވަރުންނަށް އަތްފޯރާފަދަ އަގެއްގައި ހިންގޭ ކޯހެކެވެ. އެކި ދާއިރާތަކުން 75 ކޯހަށް ވުރެ ގިނަ ކޯސް އެވިޑް ކޮލެޖުން ޖެނުއަރީމަހުގައި ކުރިއަށް ގެންދާނެއެވެ. އޭގެތެރޭގާ މުޅިން އަލަށް ފަށާ ކޯސްތައްވެސް ހިމެނެއެވެ. އެއިން ކޮންމެ ކޯހަކީވެސް ދަރިވަރުގެ އާންމު މައުލޫމާތު މުއްސަނދިކޮށް ދާއިރާއިން ހާއްސަވުމަށް މަގު ފަހިކޮށްދޭނެ ފެންވަރު ރަނގަޅު ކޯހެކެވެ. އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް އެންމެ ފުޅާކޮށް އަތްފޯރާ ފަދަ އަގެއްގައި ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދާ އެންމެ ބޮޑު އެއްކޮލެޖެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!