ސާބިއާގެ ރައީސް އެލެގްސެންދަރު ވޫޗިޗް: ވިދާޅުވީ ނިއުލްކިއާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށް

ނިއުކްލިއަ ހަތަކައަށް ހަދަންވީ ގޮތެއް ނޭނގުނު: ސާބިއާ

އިނގިރޭސިވިލާތުގެ ގްލާސްގޯގައި ކުރިއަށްދާ އދ. ގެ މޫސުމާބެހޭ ސަމިޓް، ކޮޕް26 ގައި ތަގުރީރު ކުރައްވަމުން ސާބިއާގެ ރައީސް އެލެގްސެންދަރު ވޫޗިޗް ވިދާޅުވި ގޮތުގައި ފެހި އިންތިގާލީ މަރުހަލާއަކަށް ގައުމުތަކުން ބަހުސް ކުރަމުން ގެންދާއިރު އެންމެ މުހިންމު ސުވާލު އަދި ވެސް އޮތީ ޖަވާބެއް ނުލިބެ އެވެ.

ވޫޗިޗް ވިދާޅުވީ ނިއުކްލިއާ ހަކަތައާ މެދު އަމަލު ކުރެވޭނެ ގޮތެއް އެއްވެސް ބޭފުޅަކު ވިދާޅު ނުވާ ކަމަށެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުސް ވައުދުތަކެއް ވުމުގެ ބަދަލުގައި އަމަލުން ކަންކޮށް ދެއްކުމަށް ދުނިޔޭގެ ލީޑަރުންނަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ގައުމުތަކުން އެއްވެ ބޮޑުން ހުސް އަނގަތަޅައި ވަޑައިގަަތުމުން ހެޔޮ ބަދަލެއް ގެނެވުނީ ނޫން ކަމަށް އެކްޓިވިސްޓުން ބުނެ އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ގްލާސްގޯގައި އޮތީ ހުސް ސުވާލެވެ. އޭނާ ވިދާޅުވީ އެއްމެ އާދައިގެ މީހަކަށް ވެސް ސުވާލު ކުރަން އެނގޭ ކަމަށާއި މަގާމާ ހަވާލުވެ ވަޑައިގެން ހުރިހާ ބޭފުޅުން އެއްމަޖިލީހެއްގައި ސައްލާ ކުރައްވަނީ އާންމުގެ ސުވާލުތަކަށް ޖަވާބެއް ހޯއްދެވުމަށް ކަމަށެވެ.

ކޮޕް26އަށް ފަހު ގައުމަށް ވަޑައިގަތުމުން އާންމު ސުވާލު ކުރާނެ ކަމަށް ވޫޗިޗް ވިދާޅުވި އެވެ. އެކަމަކު އެނބުރި ހުސްއަތާ ވަޑައިގަތުމުން ޖެހުނީ ކޮންތާކުތޯ އޭނާ ސުވާލުކުރެއްވި އެވެ. ވޫޗިޗް ވިދާޅުވީ ފެހި އިންތިގާލީ މަރުހަލާގައި ނިއުކްލިއާ ހަކަތަ ބޭނުން ކުރާނެ ގޮތުގެ ހަގީގީ އަދި ރަނގަޅު ޖަވާބެއް އަދިވެސް ދުނިޔެއަށް ނުލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގުދުރަތީ ގޭހާ މެދު ގައުމުތަކުން އަމަލު ކުރަން ވަކި ގޮތަކަށް އެއްބަހެއް ނުވެ އެވެ. ނިއުކްލިއާ ހަކަތަ ބޭނުންކުރުން ހުއްޓާލާނީތޯ ނުވަތަ ނިއުކްލިއާ ޕްލާންޓްތައް ބަންދުކުރާނީތޯ ފަދަ ސުވާލުތަކަށް ޖަވާބެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!