ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އަޅާފައި އިތް ޑިންގީއެއްގައި ރޯވުން -- ފޮޓޯ/ އެމްއެންޑީއެފް

ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި ރޯވެއްޖެ

ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އަޅާފައި އިތް ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ. އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ އެ ސިޓީގެ އިތުުރު ފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓް ޑިންގީއެއްގައި ކަމަށެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 19:31ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއާއެކު ނޮދަން އޭރިއާގައި ކުޅުދުއްފުށީގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުން ވަނީ އެ އަލިފާން ނިއްވައިލައިފައެވެ. ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. މިއަދު މާލޭގައި ވެސް ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައިފައެެވެ. އެގޮތުން މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އެކަކު ފިހިގެން ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!