އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު، މިނިސްޓަރު މާރިޔާ ނެރެދެއްވަނީ -- ފޮޓޯ: އެމްއެންޑީއެފް

އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު ނެރެފި

އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު ނެރެފި އެވެ. މިފަހަރުގެ އަދަދު ނެރެދެއްވީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އެވެ.

އައްޑަނަ މަޖައްލާ ނެރެފައިވަނީ 33 ވަނަ ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި މިއަދު ހަވީރު ބޭއްވި ވިކްޓްރީ ލެޕް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ކޮންމެ އަހަރަކު ދެފަހަރު ނެރެމުން އަންނަ އައްޑަނަ މަޖައްލާގެ މިފަހަރުގެ އަދަދުގެ ކަވާ ސްޓޯރީ އަކީ “ފަހުރުވެރި ސިފައިން” އެވެ. މިފަހަރުގެ މަޖައްލާގައި ގައުމީ، އިޖްތިމާއީ، ދީނީ، ސިއްހީ، ތާރީހާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ އިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.

މިފަހަރުގެ އަދަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ގެ ހިތާބެއް ހިމަނާފައިވެއެވެ.

މަޖައްލާ ނެރުމަށްފަހު ވިކްޓްރީ ލެޕް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!