ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް

“ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

“ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ “ޕްރެކްޓިސް ޕްލަމެންޓް ސީރީޒް” އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެއް ކަމަށް މަޖިލީހުން ބުނެއެވެ. މަޖިލީހުން ބުނީ މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުން ކަމަށެވެ. އަދި އުންމީދަކީ ޒުވާނުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ ގައުމުގެ އެކިއެކި ނިންމުންތަކުގައި ބައިވެރިވެ، މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެންނަން އެކީ މަސައްކަތްކުރުމަށް ހިތްވަރުދިނުން ކަމަށް މަޖިލީހުން ބުނެއެވެ. މި ޕްރޮގުރާމުގައި ހިމެނެނީ މައިގަނޑު 2 ބައެއް ކަމަށާއި އެއީ، ޕޮލިސީތަކާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އުލޫމާތު ދިނުމުގެ ސެޝަންއަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީ ކަމަށް މަޖިލީހުން ބުނެއެވެ. މާލޭގައި، ޑިސެމްބަރު 5 އިން އެމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެންބަރު 15، 2021 ކަމަށް މަޖިލީހުން ބުނެއެވެ. މަޖިލީހުން ބުނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގޫގްލް ފޯމެއް ފުރިހަމަކުރަންވާނެ ކަމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަށް ފޯނުން އިންޓަވިއު ކުރާނެ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް ވެސް ޖާގަ ކަނޑައެޅިފައިވާ ކަމަށް މަޖިލީހުން ބުނެއެވެ. އަދި، އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތައް، މިސާލަކަށް، ތަރުޖަމާ ކުރާނެ ފަރާތެއް ނުވަތަ އިޝާރާތުން ވާހަކަ ދައްކާ ފަރާތެއް ބޭނުންވާނަމަ، އެކަން ފާހަގަކުރުމުން އިވެންޓުގައި އެކަންކަން ހަމަޖައްސައިދޭނެ ކަމަށް މަޖިލީހުން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!