ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން މިއަދު ޖަމާއަތުގައި ފަތިސް ނަމާދު ކުރުން / ފޮޓޯ: އެމްއެންޑީއެފް

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފި

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި މި ފަތިސް ނަމާދުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ، ފަތިސް ނަމާދަށް ފަހު ދުވަހާ ގުޅޭ ދުއާ އެއް ވެސް ކޮށްފައިވާ ކަމަށެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓް ކުރުމަށް މިއަދު ހެނދުނު ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން މިއަދު ހަވީރު 04:15 ޖަހާއިރު ވިކްޓްރީ ލެޕް (ބޮޑުތަކުރުފާނު މަގު / ކޭކޭ-ދަރުބާރުގެ-ކޭކޭ) އެއް ވެސް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!