ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހު ހަނދާން އާކޮށްދެނީ، ގައުމީ މަސްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަން: ރައީސް

ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމު ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ނަސްރުންގެ ދުވަހު މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމު ކަމަށާއި އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައުމު ނެރެން ޖެހޭ ކަން ކަމަށެވެ ރައީސް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތު ވަމުން ކަމަށާއި ނަމަވެސް ރައްޔިތުން، އެއް އައަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރު ކަމަށެވެ. އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ގައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ނަސްރުގެ ދުވަހެއް ފާހަގަކުރަމުންދަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ގައުމަށް ނަސްރު ހޯދައިދިން އުފާވެރި މުނާސަބަތަކީ ދިވެހި ރައްޔިތުންނާއި ސިފައިންވީ ގުރުބާނީއެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށެވެ. އަދި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީއާ އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރުކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ހައްގު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!