އެއާ ފްރާންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

އެއާ ފްރާންސްއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އަލުން ފަށައިފި އެވެ. އެ އެއާލައިންގެ ދަތުރުތައް މިއަހަރު ތެރޭ މެދުކަނޑާލީ ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެގެންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބުްނީ އެ އެއާލައިންގެ ދަތުރުތައް އިއްޔެ އަލުން ރާއްޖެއަށް ފަށާފައިވާ ކަމަށެވެ. ދަތުރުތައް އަލުން ފަށާފައިވަނ2017 ވަނަ އަހަރު އެއާ ފްރާންސްގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފެށި ދުވަހާއި ދިމާކޮށެވެ. ވީއައިއޭއިން ވަނީ އެއެއާލައިންގެ ދަތުރުތައް އަލުން ފެށުމުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއާ ފްރާންސްގެ ދަތުރުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޝާލް ދި ގުލި އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެެވެ. ހަފްތާއަކު ދެ ދަތުރު ކޮންމެ ގައުމަކަށް ކުރެއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ގިނަ 10 ޤައުމަށް ބަލާއިރު، ފްރާންސް އަކީ އޭގެ ތެރެއިިން އެއް ޤައުމެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!