އީ.ޓީ.އޭ.އެފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)ގެ އެނަރޖީ ޓްރާންސިޝަން އެކްސެލެރޭޓަރ ފައިނޭންސިންގ ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފި އެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިނގިރޭސިވިލާތުގެ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26)ގެ ހަވާސާގަ އެވެ. ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓްޒީރޯ ހާސިލުކުރުމަށް ވަޢުދުވެފަ އެވެ. އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރުން، އައިރީނާ/އޭ.ޑީ.އެފް.ޑީ ޕްރޮޖެކްޓް ފެސިލިޓީ، އުފެއްދީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ހޯދުމުގައި އެހީތެރިވުމަށެވެ. އަދި ރާއްޖެއަކީ މި ޕްރޮޖެކްޓް ފެސިލިޓީގެ މަންފާ ލިބޭ ފުރަތަމަ ޤައުމެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ ކުނިން ހަކަތަ އުފައްދާ ކުޑަ ޕްރޮޖެކްޓެއް ފަށާނެ އެވެ. ދިވެހިރާއްޖެއިން އެދުނު ދެވަނަ ޕްރޮޖެކްޓް ހިމެނިފައި ވަނީ ޕްރޮޖެކްޓުގެ 7 ވަނަ ބުރުގަ އެވެ. އައްޑޫ ސިޓީގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނިން ހަކަތަ އުފައްދާ މި ޕްރޮޖްކެޓުގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ބެލެވޭއިރު މި ޕްރޮޖެކްޓުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ލިބިގެންދާނެ އެވެ. އީ.ޓީ.އޭ.އެފް. އިން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަދި ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އެންމެބޮޑަށް ބޭނުންޖެހިފައިވާ، ހޮވާލެވޭ ޤައުމުތަކަކަށް، މޫސުމަށް އަންނަ ބަދަލުތަކާ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!