ގަލޮޅު ސުކޫލް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ގަލޮޅު ސުކޫލް ޖިންސީގޯނާ މައްސަލަ: 63 އަހަރުގެ އަންހެން މީހާ ދޫކޮށްލައިފި

ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކރުި އަންހެން މީހާ ދޫކޮށްލައިފިއެވެ. މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 63 އަހަރުގެ އަންހެނެކެވެ. ގާނޫނުއަސާސީގައި ވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރާ މީހަކު ބަންދުގައި ފުލުހުންނަށް ބެހެއްޓޭނީ 24 ގަޑިއިރަށެވެ. އިތުރަށް ބަންދުގައި ބެހެއްޓޭނީ ކޯޓުން ނިންމުމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް “ސަން”އަށް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ. މީގެ އިތުރުން، އޭނާ ދޫކޮށްލި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް “ސަން”އަށް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެ އަންހެން މީހާ ގެންގޮސްފައި ނުވާ ކަމަށެވެ. މި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ވަނީ ސަސްޕެންޑު ކޮށްފައެވެ. އެ ސުކޫލުން އެ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި ކުދިން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ. އޭރު، މި މައްސަލައިގައި ގަލޮޅު ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކުރީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީއެވެ. މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ބަޔާން ނަގައިފައިވާއިރު އޭގެ ތެރޭގައި އެ ސުކޫލުގެ އިސްވެރިން ވެސް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!