ހިޔާ ފްލެޓްތަކުގައި ގޭސް ސިސްޓަމްތަކެއް ގާއިމް ކުރުމަށް މޯލްޑިވް ގޭސް އާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓުގައި ގޭސް ސިސްޓަމް ގާއިމުކުރަނީ

ހިޔާ ފްލެޓްތަކަށް ގޭސް ފޯރު ކޮށްދިނުމުގެ ސިސްޓަމެއް ގާއިމު ކުރުމަށް އެޗްޑީސީން މިއަދު މޯލްޑިވް ގޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމީ ހިޔާ ފުލެޓްތަކަކީ އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ ރައްކާތެރި ގޮތް ކަމުގައި ނުވާތީ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެން ކަމަށާއި މި މަސައްކަތް ކުރާނީ އެމްއެންޑީއެފްގެ ގައިދުތަކުގެ މަތިންކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ގޭސް ސިސްޓަމްގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް، މޯލްޑިވް ގޭސް އާއި ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!