މިނިސްޓަރު އާއިޝަތު ނަހުލާ ހޮންޑާ މެރިން ޝޯރޫމް ހުޅުވައިދެއްވުން -- ސަން ފޮޓޯ

ހޮންޑާ މެރިން ޝޯރޫމާއެކު އައުޓް ބޯޑް އިންޖީނު ރާއްޖެއަށް

ހޮންޑާ މެރިންގެ އާ ޝޯރޫމާއެކު ހޮންޑާ މެރިން އައުޓް ބޯޑް އިންޖިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ހޮންޑާ މެރިން ޝޯރޫމް ހުޅުވުމަށް ޓަކައި ހާއްސަ ހަފްލާއެއް ބާއްވައި ޝޯރޫމް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ. މި ފިހާރައަކީ ރާއްޖޭގައި މެރިން ދާއިރާގައި އެންމެ ހަރަކާތްތެރި އަދި އެންމެ ކުރި އަރައިފައިވާ ވަސީލަތްތަކުގެ އެހީގައި ހިދުމަތް ދެމުން އަންނަ ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑްގެ ކުންފުންޏެއްކަމަށްވާ މެރިން ވައިބްގެ ދަށުން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުންނާނީ މ. ނިމްސާ ވިއުގެ ތިރީ ބައިގައެވެ. ހޮންޑާ މެރިން ޝޯރޫމް ހުޅުވުން — ސަން ފޮޓޯ ރޭ ތައާރަފްކުރި އައުޓްބޯޑް އިންޖީނަކީ ދިވެހިންގެ މެދުގައި އެންމެ މަގްބޫލް އެއް އިންޖީނެވެ. އެއާއެކު މިއަދުން ފެށިގެން ހޮންޑާ އައުޓް ބޯޑް އިންޖީނު ޕްރީ އޯޑަރުކުރުމަށް ވެސްް ވަނީ ހުޅުވާލައިފައެވެ. މެރިން ވައިބުން ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ ހެވީ ލޯޑުގައި ދަތުރު ކުރަން ހާއްސަ ހޮންޑާ މެރިން އިންޖީނުގެ ކޮމާޝަލް ރޭންޖުގެ އިންޖީނުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ހޯސްޕަވަރުން ފެށިގެން 250 ހޯސްޕަވަރާ ދޭތެރޭގެ އިންޖީނުތަކެވެ. އަލަށް ތައާރަފްކޮށްފައިވަނީ 135 ހޯސްޕަވަރުގެ މެރިން އައުޓްބޯޑް އިންޖީނެކެވެ. މިއީ ލޯންޗު އޮޕަރޭޓަރުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ތެލުގެ ހަރަދު ކުޑަ އިންޖީނެކެވެ. މި ހަލްފާލާގައި ވާހަކަދައްކަވަމުން ޑީ ބްލޫ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީމް ވިދާޅުވީ ހޮންޑާ މެރިން ޝޯރޫމާއެކު ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ފަހިކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އެކުވެރި އެންމެހާ ކަސްޓަމަރުން ތިޔަ ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ތިއީ އަޅުގަނޑުމެންގެ ކުރިއެރުން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ހިދުމަތްތައް ވަރުގަދަކޮށް އާ ހިދުމަތްތައް ތަައާރަފްކުރާނެކަމުގެ ޔަގީންކަން އަރުވަން،” ހަލީމް ވިދާޅުވިއެވެ. ހޮންޑާ މެރިންގެ ޝޯރޫމް ހުޅުވައި، އައުޓް ބޯޑު އިންޖީނު ތައާރަފްކޮށްފައިވާއިރު އަލަށްވަނީ ހޮންޑާ މެރިން ސާވިސް ސެންޓަރެއް ވެސް ހުޅުވައިފައެވެ. އެގޮތުުން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ހޯދޭނެ ގޮތް މި ސާވިސް ސެންޓަރުން ފަހިވާނެއެވެ. ހަމައެއާއެކު ހޮންޑާ އިންޖީނު މަރާމާތުކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް އޮތްތަނުގައި ހިންގާނެކަމަށް ޑީ ބްލޫއިން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!