އެސްޓީއޯ ސްޕަމާޓް

އަހަރީ ސްޓޮކް ގުނުމަށް ނޮވެމްބަރު 3 އިން 7 އަށް އެސްޓީއޯ ސްޕަމާޓް ބަންދުވާނެ

އަހަރީ ސްޓޮކް ގުނުމަށް ނޮވެމްބަރު 3 އިން 7 އަށް އެސްޓީއޯގެ ސްޕަމާޓް ބަންދުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯއިން ބުނީ، އަހަރީ ސްޓޮކް ގުޅުމަށް ނޮވެމްބަރު 3 އިން ނޮވެމްބަރު 7 ގެ ނިޔަލަށް އެސްޓީއޯ ސްޕާމާޓް ރީޓެއިލް، ހޯލްސޭލް ވިޔަފާރި ބަންދުވާނެ ކަމަށެވެ. ދެން ހުޅުވާނީ ނޮވެމްބަރު 8 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 ގައި ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ. އެސްޓީއޯ ފިހާރަތައް އޮޑިޓު ކުރަން ބަންދު ކުރާ އިރު އެސްޓީއޯގެ ފިހާރަތަކުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ކެއުން ބުއިމަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުރެއެވެ. އަދި އެއީ ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރި ކުރާ ތަނެއްވެސް މެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!