ޖާބިރު: ބަރުލަމާނީ ބިލު ބަލައިގަންނަން ވޯޓު ދެއްވީ އޭނާ އެކަނި -- ފޮޓޯ/ މަޖިލިސް

ޖާބިރު ދިރިއުޅުއްވި ގެ ވިއްކުމުގެ މަސައްކަތް މަޑުޖެއްސުމަށް ވަގުތީ އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދިރިއުޅުއްްވި ގެކޮޅު، މ. އަތަމާޕްލާޒާ ގަންނަން ޝަައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރާ އެެއްގޮތަށް މަސައްކަތްކުރުން މަޑުޖައްސާލުމަށް އެ ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. މި ވަގުތީ އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހެވެ. އެ އަމުރުގައި ބުނެފައިވަނީ އަތަމާޕްލާޒާ ގޭގެ މައްސަލައިގައި ޖާބިރާއި އެގޭގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފާ ދެމެދު އެ ގެއާ ގުޅޭ މުއާމަލާތްތަކެއް ހިނގައިފައިވާކަމަށް އެނގޭކަމަށެވެ. އަދި އެ ގޯތީގައިވާ ހުރިހާ މުދަލެއްގެ މައްޗަށް ތިންވަނަ ފަރާތެއްގެ ބާރު ހިނގާހެން އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ އިއާދަނުކުރެވޭ ގެއްލުންތަކެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެއެވެ. އެ ގެ ގަންނާނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައިވާތީ އޯގަސްޓު މަހު ސިވިލް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ އެ ގޯއްޗާއި، އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސެޕްޓެމްބަރު ފަހެއް ވާ ހޮނިހިރު ދުވަހުން ފެށިގެން ހަތެއްވާ އަންގާރަ ދުވަހުގެ 13:30 އިން 17:30 ގެ ނިޔަލަށް އެގެ ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. ޖާބިރު އެ ގެ ބައްލަވައިގަތް ނަމަވެސް އެގޭގެ ލިޔެކިޔުންތައް އޭނާގެ ނަން މައްޗަށް ބަދަލުކޮށްފައެއް ނުވެއެވެ. ޖާބިރު ވިދާޅުވީ އެ ގޭގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލު ނުވެ އޮތީ ގާނޫނީ ގޮތުން ކޯޓުން އެކަމަށް ފުރުސަތު ނުދޭތީ ކަމަށެވެ. އެ ގެ ވިއްކާލަން ސިވިލް ކޯޓުން އިއުލާން ކުރީ އެގޭގެ ވެރިޔާ އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގައެވެ. ޖާބިރު ވިދާޅުވީ އޭނާގެ އިތުރު ދަރަނިތަކެއް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާއަށް އެކަމާ މީހުން ގުޅަން ވެސް ގުޅި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!