ކޮޕް26 ސަމިޓުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި މިނިސްޓަރު އައިމިނަތު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

ވެށި ހިމާޔަތްކުރުމުގެ މަޝްވަރާތަކަށް ވަގުތު ނަގައިލެވޭކަށް ނެތް: ޝައުނާ

ތިމާވެށި ހިމާޔަތްކުރުމުގެ މަޝްވަރާތަކަށް އިތުރު ވަގުތު ބޭކާރުކޮށްލެވެން މިއަދު ނެތްކަށް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި އި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މިއީ އެންމެން އެއްކަމަކަށް އެއްބަސްވާންވީ ވަގުތުކަމަށެވެ. އަދި އެ ކަންކަމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާކަމަށް ލަފާކުރެވެނީ ނާޒުކު ގިންތީގެ ގައުމުތަކަށް ކަމަށް ޝައުނާ ވިދާޅުވިއެެވެ. އަދި އެ ފަދަ ގައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އިތުރަށް ސަމާލުވާންޖެހޭކަމަށް ޝައުނާ ވިދާޅުވިއެވެ. ކޮޕް26 ސަމިޓުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ބަންްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު — ފޮޓޯ/ ރައީސް އޮފީސް މި ބައްދަލުކުރެއްވުމުގައި ޝައުނާ ވަނީ ރާއްޖެއިން އިސްކަންދޭނެ ކަންކަން ވެސް ހާމަކުރައްވައިފައެވެ. މަތީ ފަންތީގެ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަަޑައިގެންފައެވެ. ކޮޕް26 ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!