ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ކަމުގެ ފަތްކޮޅު އެރުއްވުމަށް ސަންޖޭ ސުދިރު ރައީސް އޮފީހަށް ވަޑައިގަތުމަށް ހިންގާވާފައިވާ ވަޑައިގަންނަވާއިރު އޭނާ އަށް އޮނާގާޑެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީގައި ހުންނަވާ ސަފީރަކަށް ސަންޖޭ ސުދިރު އައްޔަންކުރައްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަވާ އިންޑިއާގެ ސަފީރަކަށް ރާއްޖޭގައި ކުރިން ހުންނެވި އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އައްޔަންކުރައްވައިފި އެވެ

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޔޫއޭއީގައި ހުންނަވާ އިންޑިއާ ސަފީރަކަށް ސަންޖޭ އައްޔަންކުރީ މިއަދުން ފެށިގެންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސަންޖޭ ވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހުރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ މަގާމަށް ސަންޖޭ ސުދިރު އައްޔަންކުރުމާ ގުޅިގެން އޭނާ މަގާމާ ހަވާލުވެވަޑައިގަތީ މާޗް 5، 2019 ގައެވެ.

ސަންޖޭގެ ސަފީރު ކަމުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެ ގިނަ އެހީތަކެއް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ އިން ރާއްޖެއަށް ވެދީފައިވެ އެވެ.

ސަންޖޭގެ ސަފީރު ކަމުގައި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން ވަރަށް ބޮޑަށް އަތްގަދަކޮށް ދިވެހިންގެ މިނިވަންކަން ގެއްލިގެންދާ ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ސިޔާސީ ބޭފުޅުންނާއި ދިވެހި އެތައް ރައްޔިތުންނެއްގެ ފާޑުކިޔުން ވެސް ސަންޖޭ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ތިބި ކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށްވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

އިންޑިއާ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ދުވަހު ރާއްޖެ އަށް އާ ސަފީރެއް އައްޔަންކޮށްފަ އެވެ. އެގޮތުން އައްޔަންކުރައްވާފައިވަނީ މީގެކުރިން އޮމާންގައި ހުންނެވި އިންޑިއާގެ ސަފީރު މުނޫ މަހާވަރު އެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!