ޕަޓީނާ މޯލްޑިވްސް

ކޮންކްރީޓް ބްލޮކެއް ދަށުވެ މީހަކު މަރުވެ، ދެ މީހަކަށް އަނިޔާވެއްޖެ

ކ. އަތޮޅު ރަށްފަޅުހުރާގައި ހިންގާ ޕަޓީނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ބިދޭސީ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. ފުލުހުން ބުނީ ޕާޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެފައިވާ ކަމަށް އިއްޔެ މެންދުރު ފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާގައި އިތުރު ދިވެހި ދެ ފިރިހެނަކަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައި ކަމަށެވެ. އެހެންނަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!